ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ.

އަންހެން ޑިވިރަންގެ މި މެޗު ހުރައަށް ނިސްބަތްވާ ޓީމް މަންފާ އިން ކާމިޔާބުކުރީ ހިންމަފުއްޓާ ބައްދަލިކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ސީދާ ތިން ސެޓުންނެވެ.

Ad
rt

މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 23/25، 16/25 އަދި 19/25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓީމް މަންފާގެ ޖާރޒީ ނަންބަރ 10 އައިޝަތު މާޖިދާ (މާޖީ) އަަށް އިނާމު ހަވާލުކޮށްދެއްވީ ހުރާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު އަރީޝާއެވެ.

ރޭގެ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ބާރު ސޮޓްޖެހުންތެރިޔާ، ޓީމު މަންފާގެ މާޖިދާ (މާޖީ) އަދި ގައުމީ ޓީމުގެ ތަޖުރިބާކާރު ސެޓަރ ،ޓީމް ހިންމަފުށީގެ ޖާރޒީ ނަންބަރ 11 ޖޫޒާން ޒަރީރުގެ ކުޅުން ފާހަގަ ކުރެވުނެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޜަން ގެ މެޗެކެވެ. ބައްދަލު ކުރާނީ ތުލުސްދޫގެ ޓީމް ބުލެކް އީގަލްސް އާއި ހުރާގެ ޓީމް ތަންޑަރ ބޯލްޓެވެ.

މީގެ ތެރެއިން ބްލެކް އީގަލްސްގައި ސްރީލަންކާގެ ގައުމީ ޓީމުގެ އިސުރު އަދި ދީޕްތީ ހިމެނޭ އިރު، ލަންކާގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ކޯޗު ޗަންނަ ޖައެސޭކަރަ ގެންދަނީ އިރުޝާދު ދެމުންނެވެ. އަދި ޓީމު ތަންޑަރ ގައި ލަންކާގެ ޖޫނިއަރ ގައުމީ ޓީމްގެ ކުޅުންތެރިޔާ ޕަތުން ދިލްޝާން އާއި ރާއްޖޭގެ ކުޅުންތެރިން ކަމަށްވާ ފާޒިލް އަދި ޔަންމާ ހިމެނެއެވެ.

މިރޭގެ މެޗު ވެސް ފަށާނީ ރޭގަނޑު 9:30 ގައެވެ. މި މެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.