މާލެ އަތޮޅު ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ހިންމަފުށި ސްޕޯޓްސް އާއި ބައްދަލުކޮށް ފަސޭހަކަމާއެކު ޓީމު ތްރީޑީ އިން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ހަސަން ނިލާމް (ޕާޓޭ) އާއި ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އިން މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. އެއީ 15/25 ،19/25،27/29، 13/25 އެވެ.
ރޭގެ މެޗު ފަށައިގެން ވަރަށް ފަސޭހަ ކަމާއެކު ޓީމު ތްރީޑީ އިން ވަނީ ފުރަތަމަ ދެ ސެޓު ގެންގޮސްފައެވެ. ނަމަވެސް ތިންވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 27/29 ކާމިޔާބު ކުރީ ހިންމަފުށި ސްޕޯޓް އެވެ. އެހެންކަމުން ހަތަރުވަނަ ސެޓު ވެސް ހިންމަފުށި ކާމިޔާބުކުރާނެ ކަމަށް ހީކުރެވުނުއެހެންނަމަވެސް ހަތަރުވަނަ ގައުމީ ޓީމުގެ ތަޖުރިބާކާރު ތިން ކުޅުންތެރިންގެ ވިސްނުމާއެކު 13/25 އެ ސެޓު ގެންދިޔައީ ތްރީޑީ އިންނެވެ.
ގައުމީ ޓީމުގެ އާދަމް ފައިރޫޒު ޝަރަފުވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާރު ސޮޓް ޖެހުން ތެރިޔާ ޓީމް ތްރީ ޑީގެ ޖާރޒީނަންބަރ 11 ހަސަން ނިލާމް (ޕާޓޭ) އެވެ.
މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ ޓީމް މަންފާ އާއި ހިންމަފުށީ އަންހެން ޓީމެވެ. މިރޭ 9:30 ގައި ފަށާ މި މެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
Ad
rt