ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެރަށު ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު ކަމަށެވެ.
އޭނާގެ އާއިލާ އިން ފުލުހުންނަށް މި ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރުވައްޓާލައި، އެތެރެއަށްވަދެ ބެލި އިރު، އޭނާ އޮތީ ކޮޓަރީގެ ބިންމަތީގައި މަރުވެފައި ކަމަށް ވެސް ފުލުހުން ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ކަމާއިގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!