ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާލޭގައި ޕާކެއް ހުޅުވައިފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕާކު ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފު އާއި އެ ކުންފުނީގެ މުވައްޒަފުން ބައިވެވަޑައިގެންނެވިއެވެ.
"ހޮޅުއަށި މައިޒާން" ގެ ނަމުން ނަންދީފައިވާ މި ޕާކު ހުޅުވާފައިވަނީ ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލު ފަހަތުގައެވެ. ޕާކު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ފަހު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއް ވެސް ދީފައެވެ.
Introducing Holhuashi Maizaan, a community-driven pocket park designed to promote play, culture and togetherness!
From representing our culture through wall murals and promoting community engagement, we hope this park can be enjoyed by everyone. pic.twitter.com/t4dBDgWTYJ— HDC (@hdcmaldives) March 28, 2023
އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެ ކުންފުނީގެ ސީއެސްއާރު ޓީމުން ކުރި މަސައްކަތެއް ކަމަށެވެ. އެގޮތުން، މި ޕާކަކީ ދިވެހި ތާރީޚު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއެކު ހަދާފައިވާ ޕާކެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕާކުގެ އެންމެ ޚާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއަށި ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން ކުޑަކުދިން ކުޅެން ޚާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް މި ޕާކުގައި ވަނީ ހަދައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!