ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ޝަމްހާ އަހްމަދު އައު ކޮށްފިއެވެ.
އޭނާ މި ރެކޯޑު އައު ކުރީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ދުވެ، 39 މިނިޓް 34 ސިކުންތުން ނިންމައިގެންނެވެ.
މި ރެކޯޑު މީގެކުރުން ވެސް އޮތީ އުމުރުން 40 އަހަރުގެ ޝަމްހާ އަތުގައެވެ. އެއީ އޮސްލޯ މެރަތަންގައި ދުވެ، 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ޝަމްހާ އަމިއްލަ ރެކޯޑު އައުކޮށްފައިވާއިރު، އޭނާ ވަނީ މި ރޭހުގައި އުމުރުފުރާ ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ.
އެންމެގިނަ ފުލް މެރަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑު އޮންނަ ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ގެ އިރުޝާދުގެ ދަށުން ތަމްރީނު ހަދަމުން އަންނަ ޝަމްހާ އަންނަނީ މިފަހަކަށް އައިސް ގިނަ ރެކޯޑުތަކެއް ހަދަމުންނެވެ.
ވެންލޫފް ހާފު މެރަތަން އާ ބެހޭގޮތުން ޝަމްހާ ބުނީ އެއީ އުނދަގޫ ރޭހެއް ކަމަށާއި މާބޮޑަށް ފިނިވުން އެއީ ރޭސް އުނދަގޫވި ސަބަބެއް ކަމަށެވެ. ވެންޕޫލްގެ ފިނިހޫނުމިން ހުރީ ހަ ޑިގްރީ ސެލްސިއަސްގައި ކަމަށާއި ދުވި ވަގުތު ވާރޭ ވެހެމަކީ އިތުރަށް އުނދަގޫވި ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
"އެ ހާލަތަށް ތައްޔާރުވެ ހުރެވުނީ ނަސްރު ކޯޗުގެ ފުރިހަމަ އިރުޝާދާއެކު. އެހެންވީމަ އެންމެ ހާއްސަ ޝުކުރެއް ކޯޗު ނަސްރަށް. ކޯޗު ޓްރެއިނިންގ ހައްދަނީ ހުރިހާ ހާލަތެއްގައި ވެސް ދުވަން ޖެހިދާނެ ކަމަށް ބަަލައިގެން." ޝަމްހާ ބުންޏެވެ.
ފަސް ކިލޯމީޓަރުގެ ރޭސް، 20 މިނެޓަށްވުރެ އަވަހަށް ނިންމުމުގެ ޝަރަފު ހޯދި ޝަމްހާ ހޯދާފައިވަނީ ޖަރުމަންގައި މި މަހު ހަވަނަ ދުވަހު ބޭއްވި ރޯޑް ރަން ރޭހުގައި ވާދަކޮށް 19 މިނިޓް 15 ސިކުންތުން ނިންމައިގެންނެެވ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!