ގ. އޯކަމް އިސްތަފާ އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި އިބްރާހިމް މަނިކު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އޭނާގެ އާއިލާ އާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނީ އިސްތަފާ އިބްރާހިމް މަނިކު އަވާހަރަވީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްްއެޗުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި އަވަހާރަވީ މުސްކުޅި ބަލީގައި ކަމަށް ވެސް ބުނެފައި ވެއެވެ.
އުމުރުން 83 އަހަރުގެ އިބްރާހިމް މަނިކުގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭތާ 10 ދުވަސް ވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އިސްތަފާ އިބްރާހިމް މަނިކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި ސަރުކާރު މުވައްޒަފުންގެ ނާދީގެ އެޑްމިނިސްޓްރޭޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!