ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލަކަށް އާންމުންގެ ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް އާންމުންގެ ޚިޔާލު ހޯދުމަށް އިއްޔެއިން ފެށިގެން 27 މާރިޗު ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މަޖިލިސް އިދާރާ އިން ވިދާޅުވީ މި ދެބިލަށް indep.institutions_committee@majlis.gov.mv އަށް އީމެއިލް ކޮށްގެންނާއި މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިގެން ވެސް ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ވެސް އިއްޔެ ވަނީ ހުޅުވާލާފައެވެ.

މި ބިލަށް ހިޔާލު ހުށަހެޅުމަށް 20 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އީމެއިލް ކުރަން ޖެހެނީ social.affairs_committee@majlis.gov.mv އަށެވެ. މި ބިލަށް ވެސް ލިޔުމުން ހިޔާލު ހުށަހެޅޭ ކަމަށް މަޖިލީހުން ވިދާޅުވެއެވެ.