ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.
މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ މިއަދު އެވެ.
މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން މިއަދުވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވެސް ނިންމަވާފަ އެވެ.
ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޖޭޕީ އަށް އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި ކޯލިޝަނަކައި އެކު ކުރިއަށް ދިއުމަށް ދައުވަތު ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!