ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ސިނަމާގެ ބްރިޖްމަތީ އެއާޕޯޓާ ވީކޮޅުގައިވާ ޓްރެފިކް ލައިޓްގެ ކައިރީގައި މިއަދު ހެނދުނުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބްރިޖު އެއަރޕޯޓު ލައިޓު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު ހެނދުނު 7:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، ސައިކަލް ދުއްވަންއިން މީހާ ފުލުހުންގެ ކާރުގައި ޖެހި ދިހަވަރަކަށް ފޫޓަށް ވިއްސައިގެން ގޮސްފައިވާކަަމަށް ބެލެވެއެވެ.
އެ އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!