ރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޔޫ ގައެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

2000 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ސަލީމް ވަނީ 'ހަވީރު' ނޫހުގެ ސަބް އެޑިޓަރުކަމާއި 'މިއަދު' ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ހޯއްދަވާފައިވާ ކުރީގެ ނޫސްވެރިޔާ އަދި ވާހަކަ ދެއްކުމުގައި ވެސް ހުނަރުވެރި ސަލީމަކީ ދޫހެލޭ ކުޅަދާނަ ޝަހުސެކެވެ.

ސަލީމްގެ ބައްޕަ ހޯރަފުށީ އާދަމް ސަލީމަކީ ރާއްޖޭގައި އުފެދުނު މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ވާއިރު، މުހައްމަދު ސަލީމަކީވެސް އެދާރާގައި ހުނަރުވެރިއެކެވެ.

ނޫސްވެރިކަމަށް ފަހު ދިވެހި ބަހުގެ ޓީޗަރެއްގެ ގޮތުގައި ސަލީމް މަސައްކަތް ކުރައްވާ އިރު، އޭނާގެ ކޮއްކޮ، މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްމަރު ސަލީމް ހިންގަވާ ރާއްޖެ ޓީވީގެ ބައެއް ޕްރޮގްރާމްތައް ވެސް ސަލީމް ގެންދަވަނީ ހުށަހަޅުއްވައިދެއްވަމުންނެވެ.