މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން 2013 ވަނަ އަހަރު ފާސްކުރި ޤާނޫނާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައި، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
14 ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.
މި ކޮމިޓީއަކީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން އެގޮތުގައި ހިނގަމުންދޭތޯ ބެލުމަށާއި، ޤާނޫނުގެ ދަށުން ދަޢުލަތުގެ އެކިއެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން އަޅަމުންދޭތޯ ބެލުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮމިޓީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!