ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށްޓަކައި ހައި ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

Ad
rt

އިސްތިއުނާފް އިސްލާހު ކުރުމަށްފަހު އަލުން ހުށަހަޅަން ޔާމީންގެ ވަކީލުންނަށް ކޯޓުން އެންގީ މިއަދެވެ.

އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ދާއިރު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ.

އެމަނިކުފާނު ވަކީލުން ވަނީ މިމަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަން ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.