ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ އަދަބުން އަދަބުން އެއް މަސް ދުވަހުގެ މުއްދަތެއް އެ ކޯޓުން މިއަދު އުނިކޮށްފި އެވެ.
ބަންގަލްދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކުރީގެ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.
އެއީ އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށްވާތީ އަދަބުގެ މިންވަރު މަތި ކުރުމަށް ފަހު އެވެ.
އަދަބު ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އޭނާ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަދަބުގެ މިންވަރު މަތިކުރަން ދަށު ކޯޓުން ނިންމި ނިިންމުން ރަނގަޅު ކަމަށެވެ. އެކަމަކު އަދަބުގެ މިންވަރު މަތިކުރި ގޮތް ގޯސް ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުން އޭނާ އަދަބު ބޮޑުކުރީ އަދަބުގެ ދެ ދަރަޖައިގެ ބަދަލުގައި އަދަބު ދެ ގުނަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ގާނޫނުލް އުގޫބާތު އޮތްގޮތުން މަތިކުރެވޭނީ އަދަބުގެ ދެ ދަރަޖަ ކަމަށާއި އެގޮތަށް ދެ ދަރަޖަ މަތިކުރުމުން އޭނާއަށް ދެވޭނީ އެއް އަހަރަށް ޖަލަށްލުމުގެ އަދަބެއް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އަދަބު ކަނޑައެޅި ގޮތް ގޯސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ކުރިން ބުނެފައިވެ އެވެ.
އަލަމްގީރް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގައި، އެ މަންޒަރު ވީޑިއޯ ރެކޯޑްކުރި މައްސަލާގައި އޭނާ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފި އެވެ. އެއީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ހަތް މަހަށް އަދި އޮރިޔާން ކާޑު އުފެއްދުމުން ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!