މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކުރި ވީޑިއޯއިން ފެންނަނީ، ރަސްފަންނުގައި ހުންނަ ކިއޮސްކްގައި ބާއްވާފައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއްކަމުގައި ފުލުހުން ބުނެއެވެ.

Ad
rt

އެކަން ހިނގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.