މިދިޔަ މަހު ފެމިލީ ކޯޓުގައި 195 ކައިވެނި ކުރިއިރު 127 މީހަކު ވަރިކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 195 ކައިވެނިކޮށް އަދި 127 މީހަކު ވަރިކޮށްފައިވާތީ ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދަކަށް ވަރި ކޮށްފައިވެ އެވެ.

Ad
rt

އެ ކޯޓަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ.

ހިސާބުތައް ދައްކާގޮތުން ވަރީގެ 147 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، ނުނިމި ހުރި މައްސަލަތަކާއެކު ވަރީގެ 166 މައްސަލައެއް ނިންމި އެވެ. އެންމެ ގިނައިން ހުށަހެޅީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.

ދެވަނައަށް އެންމެ ގިނައީ ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު ވަރި ސާބިތުކުރަން ހުށަހެޅި މައްސަލަތަކެވެ. ރާއްޖެއަކީ ނިސްބަތުން ވަރީގެ މައްސަލަ އަބަދުވެސް ބޮޑު ގައުމެކެވެ.