މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ސުޕަވައިޒާސް ފޯރަމް 2023" ބާއްވައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ
އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންއާއި އެޗްއާރު ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.
މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން މި ފޯރަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނެވެ. މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމެވެ.
ރޭ ބޭއްވި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ
ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދިޔައެވެ. އެގޮތުން، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި، އާދަމް އާޒިމް، ބައިވެރިންނާ މުޙާތަބު ކުރައްވާ މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ. އަދި އެމްޓީސީސީގެ އެކިއެކި ޑިވިޝަންތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕަރޓުންވެސް ސެޝަންތައް ނަގައިދިނެވެ.
މިބސެޝަންތަކުގައި އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން ބޭނުންވާ އަވަސްމިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، ޙަރަދުކުޑަކޮށް، މަޝްރޫއުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫއުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރިއެވެ.
މީގެ އިތުރުން، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
އެމްޓީސީސީން މި ފޯރަމުގައި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލިއެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޢާއްމުންވެސް، ސިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަން ޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ޙިއްސާކުރިއެވެ.
މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޙުލާޤީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރިކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!