މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަރަށް ފަސޭހައިން މިއުޒިކަލް އައިޑޮލްގެ ޓިކެޓް އުރީދޫ މޯލްަޑިވްސްގެ އީކޮމާސް ޕްލެޓްފޯމް، މޫލީ އިން ލިބޭގޮތް ހަދައިފިއެވެ.

މިއުޒިކަލް އައިޑަލް އަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ. އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު މި ޝޯއިންފެނިގެންދާނެއެވެ.

Ad
rt

މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އާއި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރަފިއްޔާތު ވެސް މި ޝޯގައި ފެނިގެންދާނެ އެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓުގެ އަގުތަކަކީ:

• ރެގިއުލަރ ކްލާސް 80 ރުފިޔާ

• ފަރސްޓ ކްލާސް 150 ރުފިޔާ

• ސިލްވާ ކްލާސް 500 ރުފިޔާ

މޫލީއިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެއެވެ.

ޓިކެޓް ގަތުމަށް http://ore.do/musicalidol ޒިޔާރަތްކޮށް ބޭނުންވާ ޓިކެޓް ކެޓަގަރީ ޓިކެޓް ގަނެވޭނެއެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ލުއިފަސޭހަކަމާއި މަންފާ ލިބިގަތުމަށް މޫލީ އިން މަރުހަބާ ކިޔައެވެ.