ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު އެތައް މިލިއަން މެޓްރިކް ޓަނެއްގެ ޕްލާސްޓިކް އުފައްދަ އެވެ. މި ޕްލާސްޓިކް ކުނީގެ ދެބައިކުޅަ އެއްބައި ރީސައިކަލްކޮށް، އަންދާލައި، ނުވަތަ ކުނިކޮށިތަކަށް އުކާލާއިރު، ބާކީ ހުންނަ އެއްޗެހީގެ ބޮޑު ބައެއް އެންމެ ފަހުން އެޅިގެންދަނީ އަޅުގަނޑުމެންގެ ކަނޑުތަކަށެވެ.

ކަނޑުގެ ޕްލާސްޓިކް ކުނިތަކުގެ ގިނަ ކޮތަޅުތައް އެއްވެ، ކެލިފޯނިއާ އާއި ހަވާއީއާ ދެމެދުގައިވާ ޕެސިފިކް ކަނޑުގައި ފްރާންސްގެ ތިންގުނަ ބޮޑު ޕްލާސްޓިކް ކުނި ވޯޓެކްސްއެއް އުފެދިފައިވެ އެވެ.

Ad
rt

ލޯރެންސް ޖޭ.ޖޭ ގެ ދިރާސާ އަކުވަނީ އެސަރަހައްދައް ޖަމާވާ ޕްލާސްޓިކް އަންނަ ގައުމުތައް ހޯދާފައެވެ.

މި ހުރިހާ ޕްލާސްޓިކެއް އަންނަނީ ކޮންތާކުން؟

ފުރަތަމަ ކަމަކަށް މި ޕްލާސްޓިކް ކުނި ފުރަތަމަ ފަހަރަށް ކަނޑުތަކަށް ފޯރާ ގޮތުގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. މާކަނޑުން ފެންނަ ގިނަ ޕްލާސްޓިކް ކުނި އަންނަނީ ޕާކްތަކާއި، ގޮނޑުދޮށްތަކުގައި ނުވަތަ މަގުތަކުގައި ޖަހާފައިވާ ކާނުތަކުގެ ޒަރިއްޔާއިންނާއި ނަރުދަމާތަކުގެ ތެރެއިން އުފެދޭ ކުނިތަކުންނެވެ. މި ޕްލާސްޓިކް ކުނި ނަރުދަމާތަކާއި، ކޯރުތަކާއި، ކޯރުތަކުން ލާފައިވެސް ކަނޑަށް ފައިބައިގެން ދެއެވެ.

މީގެ އިތުރުން ކަނޑަށް ޕްލާސްޓިކް އަޅަނީ ކަނޑުގައި ދަތުރު ކުރާ ބޮޓު ފަހަރާއި ކަނޑަށް އުކާލާ ކުނިތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ކަނޑަށް ދޫވެގެން ނެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި އެންމެ ގިނައިން ޕްލާސްޓިކް އުފައްދާ ނުވަތަ ބޭނުންކުރާ ގައުމުތަކަކީ ކަނޑުތައް އެންމެ ބޮޑަށް ތަޣައްޔަރުވާ ގައުމުތަކެވެ. އެކަމަކު އެއީ އެކަން ވަމުންދާގޮތެއް ނޫނެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ޖިއޮގްރަފިކަލް އޭރިއާ ކުޑަ ނަމަވެސް، އައްސޭރިފަށް ދިގު، ވާރޭ ވެހި ފެން ބޮޑުވާ ގައުމުތަކާއި ކުނި މެނޭޖް ކުރުމުގެ ނިޒާމު ދަށް ގައުމުތަކުގައި ޕްލާސްޓިކް ކަނޑަށް ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ.

މިސާލަކަށް ޗައިނާއިން އުފައްދަނީ މެލޭޝިޔާއިން އުފައްދާ ޕްލާސްޓިކް ކުނިއަށްވުރެ 10 ގުނައެވެ. ނަމަވެސް މެލޭޝިޔާގެ ޖުމްލަ ޕްލާސްޓިކް ކުނީގެ %9 ކަނޑަށް ފޯރާ ކަމަށް ލަފާކުރެވޭއިރު، ޗައިނާގެ %0.6 ކުނި އުކާލާ ކަމަށް ލަފާކުރެވެއެވެ.

ރޭންކް ޤައުމު އަހަރީ ކަނޑުގެ ޕްލާސްޓިކް ކުނި (މެޓްރިކް ޓަން)

1 ފިލިޕީންސް 356،371
2 އިންޑިއާ 126،513
3 މެލޭޝިއާ 73،098
4 ޗައިނާ 70،707
5 އިންޑޮނޭޝިއާ 56،333
6 މިޔަންމާ 40،000
7 ބްރެޒިލް 37،799
8 ވިއެޓްނާމް 28،221
9 ބަންގްލަދޭޝް 24،640
10 ތައިލެންޑް 22،806
ދުނިޔޭގެ އެހެން ގައުމުތަކުގައި 176،012
ޖުމްލަ 1،012،500

ފިލިޕީންސްގައި 7،000 އަށް ވުރެ ގިނަ ރަށް އޮންނަ އިރު އެރަށްތަކުގެ 36،289 ކިލޯމީޓަރުގެ އައްސޭރިފަށުން ނާއި ކަނޑާއި ގުޅިފައިވާ 4،820 ކޯރުން ކަނޑުތަކަށް %35 ޕްލާސްޓިކްގެ ދޫކުރާ ކަމަށް ލަފާކުރެވެއެވެ.

ފިލިޕީންސްގެ އިތުރުން ކަނޑުގައި ޖަމާވެފައިވާ ޕްލާސްޓިކްގެ %75 އަށްވުރެ ގިނައީ އިންޑިއާ، މެލޭޝިއާ، ޗައިނާ، އިންޑޮނޭޝިއާ، މިޔަންމާ، ވިއެޓްނާމް، ބަންގްލަދޭޝް، އަދި ތައިލެންޑް ފަދަ އޭޝިއާގެ ގައުމުތަކުގައި މެނޭޖްނުކުރެވުމުގެ ސަބަބުން ކަނޑަށް އެޅިފައިވާ ކުނިތައްކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެމެޒޯން ހިމެނޭ ގޮތަށް 1،240 ކޯރު ހިމެނޭ މި ގަދަ 10 ލިސްޓުގައި ހިމެނޭ ހަމައެކަނި އޭޝިއާ ނޫން ގައުމަކީ ބްރެޒިލް އެވެ.