އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް “ސްވީޓް ސަޕްރައިޒް”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައިތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލެވޭނެއެވެ. މޫލީ މެދުވެރުކޮށް މި ހަދިޔާތައް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ފޮނުވާލެވޭނެއެވެ.

Ad
rt

މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބުކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެއެވެ.

ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް މޫލީ www.moolee.mv އަށް ޒިޔާރްކުރުމަށްފަހު ޝޮޕް ހިޔާރުކުރެއްވުމަށްފަހި SWEET SURPRISE ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކޮށް ބޭނުންވާ އައިޓަމް ހިޔާރުކުރެއްވުމަށްފަހު ADD TO CART އަށް ފިތާލުމުން އެ ހަދިޔާއެއް ކާޓަށް ލެވޭނެއެވެ. އަދި ކާޓަށް ގޮސް ޗެކްއައުޓް ކުރުމަށްފަހު ޑެލިވަ ކުރަން ބޭނުންވާ އެޑްރެސް ޖެހުމަށްފަހު ފައިސާ ދައްކައި އެ ހަދިޔާ ގަނެލެވޭނެއެވެ.

މޫލީގެ ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ގެ ނިޔަލަށެވެ.

މޫލީ އިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަަށްޗެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވަކޮށްލެވޭނެއެވެ.