ދިވެހި ރާއްޖެއިން ތުރުކީއަށާއި ސީރިއާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ތުރުކީއަށާއި ސީރިއާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

Ad
rt

އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވަނީ ކޮންމެ ޤައުމަކަށްވެސް ފަސް ލައްކަ މަސްދަޅު ހަދިޔާކުރެއްވުމަށެވެ.

މި މަހުގެ 6 ވަނަ ދުވަހު ތުރުކީއަށާއި، ސީރިއާ ހިމެނޭ ސަރަހައްދަށް އައި ބާރުގަދަ ބިން ހެލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ބަޔަކުވަނީ ހާލުގައި ޖެހިފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ، ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ އެބިންހެލުމަކީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށެވެ.