ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް އައި.ޖީ.އެމް.އެޗްގައި މިއަދު ހުޅުވައިފިއެވެ.

މި ފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ އިބްރާހިމް ސަލީމްއާއި ރާއްޖޭގެ ހަމައެކަނި ހުންނެވި ދިވެހި ކެންސަރުގެ އޮޕަރޭޝަންއާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ޝިފާންއެވެ.

Ad
rt

މި ފާމަސީ ހުޅުވިފައި ހުންނަ ވަގުތުތަކަކީ އޯ.ޕީ.ޑީ ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އުން ހަވީރު 4.00 އަށްކަމަށް އައިޖީއެންއެޗްއިން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ސަލީމްފާހަގަ ކުރެއްވީ މި ހޮސްޕިޓަލުގައި އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފަސޭހަކަމާއިއެކީ ސިއްހީފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައިވީހިނދު މި ފާމަސީ ކެންސަރުގެ ބަލިތަކާއިބެހޭ ޑިޕާޓްމަންޓްގެތެރޭގައި ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ވެސް އެއީކަމިގައެވެ.