އެމްއެންޑީއެފް ނޯރދާން އޭރިޔާގެ ސިފައިން އޯމް އެންޑް ކިޗަން ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ރ. އަލިފުށިގައި ހިންގައިފިއެވެ.
މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތަކުގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބަލައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.
53 މީހު ބައިވެރިވި މި ޕްރޮގްރާމުގައި މާޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންނެވެ.
MNDF Northern Area in R. Alifushi gai kuriahgendhiya "Home & Kitchen Fire Safety" session ge therein. Mi session gai 53 faraatheh vanee baiverivefa pic.twitter.com/GAFulVNOMy
— Maldives National Defence Force (@MNDF_Official) November 27, 2019
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!