ކުޑައިރުގެ ހަނދާނެއް: ނަރުއުންޑަޖެހުން

naru unda

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

އަޅުގަނޑު ކުޑައިރު ރަށުތެރޭގައި މާގިނައިން "ޕެކިން ރަބަރު" ގެންގުޅެންފެށި ދުވަސްވަރެކެވެ. މަދު އަދަދަކަށް ނޫނެވެ. އަދި އެހާގިނަ ކުލަތައް ވެސް މެއެވެ.

އަޅުގަނޑާ އެއްފުރާގެ ބައެއް ކުދިން ސަތޭކައިން ފަންސާހުން ރަބަރު ގެންގުޅުނެވެ. ކިޔަނީ މަސްކިރަން ދިޔަ ބޯޓަކުން ގެނެސްގެން އުޅޭ ރަބަރުތަކެއް ކަމަށެވެ.

އެ ދުވަސްވަރު އެ ރަބަރުތަކުން ކުރާ އެއް ކަމަކީ ހަނގުރާމަކުރުމެވެ. ޕެކިން އަތުގެ ދެ އިނގިއްޔެއްގައި އަޅުވައި އިލޮށިކޮޅުކޮޅާއި ކަރުދާސް ކޮޅުކޮޅުން ހަމަލާ ދިނުމެވެ.

އެހެން އުޅެނިކޮށް އެހެން ހުރިހާ އެއްޗަކުންނަށްވުރެ ބޮޑަށް ތަދުވެފައި ގަދަޔަށް ދިލަނަގާ "ވަޒަނެއް" ބައެއް ކުދިން ގެންގުޅެން ފެށިއެވެ. އެއީ "ނަރު އުންޑަ" އެވެ.

ނަރު އުންޑައަކީ ކަރަންޓް ނަރު ދެ އިންޗިހާވަރަށް ބުރިކުރުމަށްފަހު މެދުން ލަނބާލައިގެން ހަދާ އުންޑައެކެވެ. ކައިރިން ޖަހައިފި ނަމަ ހެޔޮވަރު ވަރަކަށް ދިލަނަގާލައެވެ. ކުއްޖަކު ނަރުއުންޑަ ނަގައިފިނަމަ، ނަރުއުންޑަ ނެތް ކުއްޖަކު ޖެހޭނީ އަމާންދޭށެވެ.

މި ޕެކިން ރަބަރު އަޅުގަނޑުމެން ކުޑަކުދިންނަށް ތަޢާރަފު ވެގެންގުޅުނު ދުވަސްވަރު ފަރިޔަށް އަތުގައި އަޅައިގެން އުޅުމާއި އިނގިލިތަކުގައި އަޅުވައިގެން އެކަކަށްވުރެ ފުރިހަމައަށް އަނެކަކު ތަރި ފަދަ ތަކެތި ފާޅުވާހެން ގެތުމަކީ އެ އުމުރަށް ބަލާއިރު އޭރުގައި ވަރަށް މަތީ ހުނަރުތަކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *