މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށްގެންދާ "ރައްކާ ރޯޑް ސޭފްޓީ" ޕްރޮގްރާމަށް އެލައިޑް އިންޝުއަރެންސް އިން 100 ހެލްމެޓު ހަދިޔާކޮށްފިއެވެ.

އެލައިޑުގެ ފަރާތުން މި ހެލްމެޓުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންއެވެ. ފުލުހުންގެ ފަރާތުން މި ހެލްމެޓުތަކާއި ހަވާލުވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހެވެ.

Ad
rt

"ރައްކާ ރޯޑް ސޭފްޓީ" ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން އެލައިޑް އިންޝުއަރެންސްއާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމެގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ.

އެލައިޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހް ވިދާޅުވީ، ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމްގެ ދަށުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކަށްކަމަށެވެ. މީގެ ތެރޭގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.

އެލައިޑް އިންޝުއަރެންސްގް ޖެނަރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ، ފުލުހުންނަށް 100 ހެލްމެޓް ހަދިޔާކުރީ މަގުމަތީގެ ރައްކާތެރިކަމަށް ގިނަ މީހުން ހޭލުންތެރިކޮށް ހެލްމެޓް ފަދަ ސަލާމަތީ ވަސީލަތްތައް ބޭނުނުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީވެސް ވަނީ ލޯންޗްކޮށްފައެވެ. މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.