މާދަމާއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ. މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށް ވުމަށެވެ.
މި އަހަރަކީ އެލައިޑަށް ވަރަށް ހާއްސަ އަހަރެކެވެ. މި އަހަރަށް ހާއްސަކޮށްގެން އެލައިޑުން އުފެއްދި ކަލަންޑަރުގެ ބޭނުންތެރިކަމާއި ފަސޭހަކަމާ ގުޅިގެން ތައުރީފު ވަރަށް ބޮޑެވެ. ފަންނުވެރިކަން އިސްކޮށް އޮފީހުގެ މަސައްކަތްތައް ރާވާލައި ހިންގާލުމަށް އެހީއެއް ފޯރުކޮށްދިނުމުގައި އެލައިޑުގެ "ވައިޓް ބޯޑު" ކަލަންޑަރެއް ހޯދުމަށް ގިނަ ފަރާތްތަކަކުން މަސައްކަތް ކުރަމުންދެއެވެ. މި މަހު މިހާތަނަށް ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް އެލައިޑުން ކުރިއަށް ގެންގޮސްފައި ވެސް ވެއެވެ.

އަނެއްކާ ވެސް އެލައިޑުން މި ވަނީ އެލައިޑުގެ 2023 ވަނަ އަހަރުގެ "ވައިޓް ބޯޑު" ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ފުރުސަތުގެ ދަށުން މާދަމާ އެލައިޑްގެ ފްރަންޓް އޮފީސް ކަމަށްވާ ހ.އޯކިޑުން ޕޮލިސީއެއް ނަގާ ފުރަތަމަ 38 ފަރާތަށް އެލައިޑްގެ ކަލަންޑަރެއް ލިބޭނެއެވެ.
މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި އަދި އެ ނޫން ތަންތަނުގައި ވެސް (މިސާލަކަށް ގޭގެ ބަދިގޭގައި ރެސިޕީ ލިޔުމަށް ވެސް) ނޯޓުކުރަންޖެހޭ މުހިންމު ކަންކަމާއި ޑެޑްލައިންސް ނޯޓުކުރެވޭނެ އެއްޗެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖު ވެސް ކޮށްލެވޭނެއެވެ.
އެލައިޑުގެ މި ކަލަންޑަރަކީ އަހަރު ނިމުމުން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ކަލަންޑަރެކެވެ.
އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަން ވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެއެވެ.
އިންޝުއަރަންސް ޕްލޭނެއް ނެގުމަކީ ވެސް ނުހަނު ފަސޭހަ ކަމެކެވެ. އެގޮތުން ކޮންމެ އަހަރަކު ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރަންސަކީ އެލައިޑްގެ "މައި އެލައިޑް" ޕޯޓަލްއިން ވަރަށް ފަސޭހައިން ލިބޭ ޕްލޭނެކެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ފައިސާ ދައްކާލައިގެން ލިބޭނެއެވެ.
އެލައިޑްގެ އަހަރީ ދުވަހު ސައިކަލުގެ އިންޝުއަރަންސް އާކޮށްލައްވައިގެން މުޅި އަހަރު ދުވަހަށް ތާޑް ޕާޓީ އިންޝުއަރަންސްގެ ރައްކާތެރިކަމުގެ އިތުރުން އެލައިޑްގެ 2023 ވަނަ އަހަރުގެ ޗާލު ކަލަންޑަރު ވެސް ލިބިދާނެއެވެ.
މީގެ އިތުރުން، ގޭގައި ގެންގުޅޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ހިޔާވަހި" ޕްލޭނެއް ވެސް ނެގިދާނެއެވެ. މިއީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި މުދަލަށް، ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ގޮތެކެވެ.
ރާއްޖެއިން ބޭރަށް ދަތުރެއް ރާވާފައި ވާނަމަ، ޓްރެވަލް ޕްލޭނެއް ވެސް އޮންލައިންކޮށް ނެގޭނެއެވެ. މިއީ ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަމާއި އަދި ދަތުރުމަތީގައި އުޅެނިކޮށް ކުރަންޖެހޭ ސިއްހީ ފަރުވާއަށް ދާ ހަރަދު ވެސް ހޯދޭނެ ގޮތް ގެރެންޓީކޮށްފައި ވާ ޕްލޭނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!