ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މާލެ އަތޮޅު ތުލުސްދޫގައެވެ. އަދި އެއީ ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެކެވެ.

Ad
rt

ސްޕެއިނަށް ނިސްބަތްވާ މި ފަތުރުވެރިޔަކީ ފިރިހެނެއް ކަމަށާއި އޭނާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައީ އަނބިމީހާ އާއި އެކު ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

އެ ހާދިސާ ހިނގުމާއެކު އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން މިހައިތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.