ރާއްޖޭގައި ފުރަތަމަ ފަހަރަށް އުމުރުން އެންމެ ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ބައްދަލުކުރައްވައި، ޔޫސުފްއަށް ހާއްސަ ހަދިޔާއެއް ދެއްވާ ހިތްވަރާއި ސާބަސް ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 6 އަހަރުގައި ޔޫސުފް ބިން މާޒިން ޤުރްއާން ހިތުދަސްކޮށްފައިވާތީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވާ ހިތްވަރުދެއްވާފައިވާ ކަމަށެވެ.

Ad
rt

މިނިސްޓަރ ޔޫސުފް އާއިއެކު ބޭއްވި ބައްދަލުވުމުގައި ޔޫސުފްގެ ބައްޕަ މާޒިން ހުސައިން އިބްރާހިމް އާއި މަންމަ އުންމު ހާނީ ވެސް ބައިވެރިވިއެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔޫސުފްގެ މައިންބަފައިންނާއި ބައްދަލުކުރައްވާ މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން ހާފިޒުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށް ހަމަޖައްސާފައިވެއެވެ.