ހިޔާގެ 16ވަނަ ޓަވަރުގައި ހުޅުމާލެ ހޮސްޕިޓަލުން ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތު، ހިނގަމުންދިޔަ ވަގުތު އެސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ފެން ކޮތަޅު އުކައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރަސްމިއްޔާތު، ހިނގަމުންދިޔަ ވަގުތު އެސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ހިޔާ 15 ވަނަ ޓަވަރުން އެއްލި ފެންކޮތަޅެއް އެކޯޕަރޭޝަނުގެ މާބަނޑު މުވައްޒަފެއްގެ ގައިގައި ޖެހި ގެއްލުންވެފައިވާ ކަމަށެވެ.

Ad
rt

ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ރާވައި ހިންގާ، މުޖުތަމައުގެ މިންގަނޑު ތަކާއި ޚިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާކަމީ ނިހާޔަތަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމުގައި އެކުންފުިންވަނީ ބުނެފަ އެވެ.

"މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މި މައްސަލަ ބަލާނެ ވާހަކަ ދަންނަވަން. އަދި މިކަމާއި ގުޅިގެން މި ކުންފުނިން އަޅަންޖެހުނު ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން."

އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިއަދު ހުޅުވުނު ކްލިނިކަކީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއިއެކު ސިއްހީ ޚިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެ ކްލިނިކެއް ކަމަށްވެސް ބުނެފައިވެއެވެ.