ރާއްޖޭގައި 47 އަހަރު ފަހުން ހެއްކާބެހޭ އާ ގާނޫނަކަށް އަމަލުކުރަން މިއަދު ފަށައިފި އެވެ.
މިއަދާ ހަމައަށް ވެސް ރާއްޖޭގައި އަމަލު ކުރަމުން ދިޔައީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު 1976 ވަނަ އަހަރު ފާސްކޮށްފައިވާ ހެއްކާބެހޭ ގާނޫނަށެވެ. އެ ގާނޫނަކީ ވަރަށް މަދު މާއްދާތަކެއް ހިމެނޭ އަދި ވަރަށް ކުރު ގާނޫނެކެވެ.
އެ ގާނޫނު އުވާލުމަށްފަހު މިއަދު އަމަލުކުރަން ފެށީ މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ހެއްކާބެހޭ އާ ގާނޫނަށެވެ. އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހެނީ ތަސްދީގު ކުރާތާ ހަ މަސް ފަހުންނެވެ.
ހެއްކާބެހޭ އާ ގާނޫނާ އެކު، ކުރީގެ ހެއްކާބެހޭ ގާނޫނާއި އަންހެނުންގެ ހެކިބަހުގެ ގާނޫނު ވެސް އުވުނީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!