މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޓްވިޓަރ ފަދަ މަންސަތަކަށް އަތުވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

Ad
rt

އީސީ އިން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ތިލަދުން' އިން ކުރި ސަުވާލަަކަށް ޖަވާބު ދެއްވަމުން ނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ ޓްވިޓަރ އެކައުންޓުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ހެކަރުންނަކީ އަބަދުވެސް އެކަން އެކި ގޮތްގޮތުން ކުރަމުން އަންނަބައެއް. ދެން އެއްބައިފަހަރު އެމީހުންނަށް އަނެއްބައިފަހަރު އަޅުގަނޑުމެންނަށް ކާމިޔާބުވާނީ. މިއަހަރުވެސް އަޅުގަނޑުމެން މިހާރުވާނީ ޓްވިޓަރގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފަ." ހަބީބު ވިދާޅުވި އެވެ.

2018 ވަނަ އަގަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަންގެ ޓްވިޓަރ އެކައުންޓު ވަނީ ހެކްކޮށްފަ އެވެ.

މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މި އިންތިހާބު ބާއްވަނީ " މަގޭ ވިސްނުން، މަގޭ ވޯޓު" މި ޝިއާރުގެ ދަށުން ނެވެ.