ލިފްޓު ގޮޅިން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މާފަންނު ގެއެއްގެ 7 ފަންގިފިލާގެ ލިފްޓް ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް ބިދޭސީ އަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ހާމަކޮސްފިއެވެ.
މިހާދިސާއާއި ގުޅޭ މަޢުލޫމާތު މިއަދު 15:33 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި މި ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވެސް އެފަރާތުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!