އުރީދޫ މޯލްޑިވްސް ގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާއިން ވައިޓަލް ކެއާއަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން މި މަހުގެ ނިޔަލަށް ވައިޓަލް ކެއާގެ ހިދުމަތްތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 5 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

Ad
rt

ވައިޓަލް ކެއާއަކީ ރާއްޖޭގައި ދަތުގެ ފަރުވާއަށް ހާއްސަ ކްލިނިކެކެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ތަފާތު ވިޔަފާރި ކުރެއްވުމުގެ އިތުރުން، ބިލްވެސް ދެއްކެވޭނެއެވެ.

މިގޮތުން، މޮބައިލް ފޯނު މެދުވެރިކޮށް، ހުރިހާ ޔޫޓިލިޓީ ބިލްތަކެއް އެންމެ ފަސޭހަކަމާއި އެކު އެމް-ފައިސާ މެދުވެރިކޮށް ދައްކާލެވޭނެއެވެ. ބީއެމްއެލް، އެސްބީއައި، އެމްއައިބީ އިންޓަރނެޓް ބޭންކިން އަދި އެމް-ފައިސާ އޭޖަންޓްސް މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

މި ޙިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުންކުރެވޭނެއެވެ.

އެމް-ފައިސާ އަށް އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް އުރީދޫ އެޕް ބޭނުންކޮށްގެން ރެޖިސްޓަ ކުރެވޭނެއެވެ.