މަންދު ކޮލެޖުން ޖެނުއަރީ 2020 ގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ޖެނުއަރީ 2020 އިންޓޭކަކީ މިހާތަނަށް މަންދު ކޮލެޖުން އެންމެ ގިނަ ފުރުސަތުތަކާއިއެކު ހުޅުވާލި އިންޓޭކެވެ.
ތަފާތު އެތައް ކަމަކާއެކު ހުޅުވާލާފައިވާ މި އިންޓޭކު ވެގެންދާނީ ދަރިވަރުންގެ ކިޔެވުން ވަރަށް ފަހިވެގެންދާނޭ އިންޓޭކަކަށެވެ.
މިގޮތުން އެންމެ ފާހަގަ ކޮއްލެވޭ އެއް ކަމަކީ ޖެނުއަރީ އިންޓޭކަށް ބައިވެރިވާ ކުދިންނަށް ހިލޭ ލެޕްޓޮޕެއް ދިނުމެވެ. ހިލޭ ލެޕްޓޮޕް ލިބޭނީ 15 ޑިސެމްބަރ 2019 ގެ ކުރިން ރެޖިސްޓްރީވެ، އެންރޯލްމަންޓް ފުރިހަމަ ކުރާ ދަރިވަރުންނަށެވެ. އަދި ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ގެ ބައިވެރިން ފިޔަވައި، އެހެން ހުރިހާ ކޯސްތަކެއްގައި ބައިވެރިވާ ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ. ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް ދޭން ކޮލެޖުން ނިންމި އެންމެ ބޮޑު ސަބަބަކީ މަންދު ވަރޗުއަލް ކްލާސްރޫމުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ. މި މަހު 18 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެސް އެއްގައި މަންދު ކޮލެޖުގެ ޗެއަރމަން އަލްފާޟިލް އިބްރާހިމް ޢިސްމާޢިލް ވިދާޅުވީ އަމިއްލަ ރަށުގައި ހުރެގެން ވަރޗުއަލް ކޮށް ކިޔަވަން ބޭނުންވިނަމަވެސް އަމިއްލަ ގޭގައި ލެޕްޓޮޕެއް ނުވަތަ ސިސްޓަމެއް ނުހުންނަ ކުދިންނަށް ވަރޗުއަލްކޮށް ކިޔަވަން ދަތިކަމެއް ދިމާވެއެވެ. މިގޮތަށް ދަތިކަން ހުންނަ ކުދިންނަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ތަޢުލީމަށް ހެޔޮ އެދޭފަރާތަކުން މަންދު ކޮލެޖުގެ ޖެނުއަރީ 2020 އިންޓޭކުގައި ބައިވެރިވާ ކުދިންނަށް ހިލޭ ލެޕްޓޮޕް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ލެޕްޓޮޕާއިއެކު ކަނެކްޝަން ކިޓްވެސް ހިލޭ ލިބޭނެއެވެ. ވީމާ މިހާރު މަންދު ކޮލެޖު ވަރޗުއަލް ކްލާސްރޫމްގައި ބައިވެރިވުމަށް ކުދިންގެ އަތުން ކޯސްފީ ފިޔަވައި އިތުރު ޚަރަދެއް ނުހިނގާނެއެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ކޮލެޖްގެ ވެބަސައިޓުންނާއިސީދާ ކޮލެޖްގެ ފޭސްބުކް ޕޭޖް އަދި ކޮލެޖްގެ ފޯނު 3330055 އާއިގުޅާލުމުން ލިބޭނެއެވެ.
އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިހުރިހައި ކޯހެއްވެސް މާލޭގައި ހުންނަ ކޮލެޖުގެ މައި ކެމްޕަސް ގައްޔާއި، ވަރޗުއަލް ކެމްޕަސްގައި ކިޔެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މަންދު ކޮލެޖުގެ ވަރޗުއަލް ކެމްޕަސްއަކީ، 2014 އިން ފެށިގެން ހިންގަމުން އަންނަ ކެމްޕަހެއެކެވެ. މި ކެމްޕަސް މެދުވެރިކޮށް، އެ ދަރިވަރަކު ހުރި ތަނަކުން، ކްލާހުގައި ބައިވެރިވެ، ކިޔެވުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!