އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރުގެ އަދަބުގެ މައްސަލަ ހައި ކޯޓުން ނުނިމި އޮއްވާ އޭނާ އަދަބު ތަންފީޒުކޮށް ނިމި، އޭނާ މިއަދު މިނިވަންވެއްޖެ އެވެ.

ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމަށް ކްރިމިނަލް ކޯޓުން އިއްވި ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބެކެވެ.

Ad
rt

އެ ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.

ނާޒިމް މިނިވަންވިއިރު އޭނާއަށް ކަނޑައެޅި އަދަބާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ދައުލަތުން ހައި ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މިހާތަނަށް ނުބާއްވަ އެވެ.

ނާޒިމްގެ އިތުރުން އަލަމްގީރާ އެކު ގުޅުން ހިންގި މައްސަލާގައި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ޖަލަށްލާން ހުކުމްކުރި އެވެ. އަދި ކަސްޓަމްސްގެ އޮފިސަރަކަށް ވެސް ހުކުމްކުރި އެވެ.

އަލަމްގީރުގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އެއީ އެއް ޖިންސުން ގުޅުން ހިންގުމާއި އެ މަންޒަރު ރެކޯޑްކުރި މައްސަލާގަ އެވެ.