ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ހިނގައި، އަނދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތިނަދޫ ފަޔާ އެންޑް ރެސްކިޔުއިން އެ ރަށަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ނަމަވެސް ފިޔޯރީއާ ހަމައަށް ދިއުމަށް 45 މިނިޓް ވަރު ނަގާނެ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:20 އެހާކައްހާއިރު ކަމަށެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް އަދި ސާފެއް ނުވެއެވެ. އަލިފާން ރޯވީ ކިހިނެއް ކަމެއް އަދި ސާފެއްނުވެއެވެ. ހާދިސާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން އަންނަނީ ކުރަމުންނެވެ.
ވީޑިއޯ: ފިޔޯރީ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާ
މީސްމީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގެ ތެރޭގައި ވަރަށް ބޮޑަށް ހުޅު ހިފާފައިވާ މަންޒަރު ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!