މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހުޅުވާލައިފައިވާ “ޗާލު މިސްކިތް ފަންޑް” އަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
މި ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް މިސްކަތްތަކުގައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން އެކަން ފަސޭހަ ކަމާއެކު ކޮށްލެވޭނެއެވެ.
އުރީދޫ އެމްފައިސާ އަކީ ގިނަ ހިދުމަތްތަކަށް ފައިސާ ދެއްކޭގޮތަށް އުފައްދާފައިވާ ޑިޖިޓަލް ވޮލެޓެކެވެ.
މާލެ ސިޓީ ކައުންސިލްގެ ފަންޑަށް ފައިސާ ހަދިޔާ ކުރެވޭ ގޮތް ހެދުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލް އިން އުފައްދާފައިވާ ޗާލު މިސްކިތް ފަންޑަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭވަރަށްބޮޑު އުފަލެއް@MaleCitymv @MMuizzu https://t.co/PPCDVrHfnF
— Hussain Niyaz (@hniyaz) January 6, 2023
އުރީދޫ އެމްފައިސާއަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް މައި އުރީދޫ އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!