ދެ ރަށެއްގެ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް އެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް ހަދަން ނިންމާފައިވަނީ ޅ. ހިންނަވަރާއި ނ. ކެނދިކުޅުދޫގައެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން މި ދެ ރަށުގައި ވެސް އަޅާނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ދެ މަޝްރޫއުގެ މަސައްކަތް ވެސް ހެލްތު މިނިސްޓްރީން އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ 18 މަސް ދުވަހުން ނިންމާ ގޮތަށެެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ދެ ޕްރޮޖެކްޓަށް ވެސް ފިނޭންސް ކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެެވެ.

ކެނދިކުޅުދޫ ހޮސްޕިޓަލް ހެދުމަށް ހަވާލު ކޮށްފައިވަނީ 193.89 މިލިއަން ރުފިޔާއަށެވެ. އަދި ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ހަވާލު ކުރީ 185.8 މިލިއަން ރުފިޔާއަށެވެ.