ކުނި ވަކި ކުރުމާ ގުޅޭގޮތުން ރ. ދުވާފަރުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
ކުނި ވަކިކޮށް އުކާލުމަކީ ވެމްކޯއިން ހާއްސަ އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެކެވެ. މިއީ ކުނި ރައްކާތެރިކަމާއެކު ނައްތާލުމަށް އަޅާ ހާއްސަ ފިޔަވަޅެކެވެ.
ވެމްކޯއިން ބުނި ގޮތުގައި ދުވާފަރުގައި އެ ކުންފުނިން ދަނީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް ގޮސް މައުލޫމާތު ދިނުމުގެ މަސައްކަތް ފަށައިފައެވެ.
މި މަސައްކަތުގެ ދަށުން ކުނި ވަކި ކުރާނެ ގޮތާއި ކުނި ވަކިކުރާނެ ޑަސްބިންތައް ދިނުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!