ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދު ސާފު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާއްސަ ހަރަކާތެއް ރާވައިފިއެވެ.

މި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން މެންދުރު 12:00 އަށެވެ.

Ad
rt

އެޗްޑީސީން ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލާފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ހަރަކާތުގައި ސާފު ކުރާނީ ހިޔާ ބީޗެވެ. އަދި އެ ހަރަކާތުގެ ތެރެއިން މޫދު ކުޅިވަރުވެސް ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ހިޔާ ބީޗަކީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ހަފްތާ ބަންދުގައި މޫދަށް އެރޭ ސަރަހައްދެވެ.