ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މިހިނގާ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ.

Ad
rt

އެމްޑީޕީން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ދަފްތަރުގައި އޮތް 57،255 މީހަކަށް ވޯޓު ލެވޭނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައި ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މި އިންތިޚާބުގައި ރައީސް ނަޝީދުގެ ކެންޑިޑޭޓް ނަމްބަރުއަކީ 1 އެވެ. ރައީސް ސާލިހްގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.