އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިދިޔަ މަހު ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލިސް ހިމެނޭ ކޮމިޓީ އަކަށެވެ.

Ad
rt

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000 ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ އެޖެންޑާ 19ގައި އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ކަނޑައަޅާފައިވަނީ 60،000 ރުފިޔާ އެވެ. އެހެންކަމުން އިންކަމް ޓެކްސް ނެގުމުގައި ބަލާނެ އެންމެ ދަށް ސީލިންއަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.