މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންގެ ފޮޓޯއެއް ހިއްސާކޮށްގެން ރިދޯޓު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެެ.
އުރީދޫން މިއަދު ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް "ފަން ރަން"ގެ ފޮޓޯއެއް، "ފަން ރަން މޫމްމެންޓް" ހޭޝްޓަގާއެކު ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް ޓެގް ކުރަން ޖެހެއެވެ.
މި ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް އޯގާ ރިސޯޓުގައި ދެ ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އުރީދޫން މައުލޫމާތުދޭ ގޮތުގައި މިއަހަރު ބޭއްވި އުރީދޫ ފަން ރަން ގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
އުރީދޫ "ފަން ރަން" އަކީ ކޮންމެ އަހަރަކު ތަފާތު ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ. ފަސް ކިލޯ މީޓަރުގެ އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމޭ އިރު، ކުލަ ޖެހުން ނުވަތަ "އިން ފްލޭޓަބްލް އޮބްސްޓެކަލް" ހަރަކާތްތައް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!