ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

އެ ކުންފުނިން ބުނީ "މައިހުޅުމާލެ ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރި ޕޯޓަލް މެދުވެރިކޮށް މުނިސިޕަލްގެ ހިދުމަތްތަކާއި ހަފުލާތައް ބާއްވަން ތަންތަން ބުކް ކުރުމާއި މަސައްކަތް ކުރުމަށްޓަކައި މަގު ބަންދު ކުރުމުގެ ހުއްދަ ވެސް ހޯދޭނެ ކަމަށެވެ.

Ad
rt

އެޗްޑީސީން ބުނިގޮތުގައި އެންމެ ގިނަ ހަފުލާތައް ބާއްވާ ފަރުކޮޅުފުށި ވެސް އެ ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް އެޗްޑީސީން ދޭ ހިދުމަތްތަކުގެ މައުލޫމާތު ވެސް ބެލޭނެއެވެ.

ކުރިން މިފަދަ ހިދުމަތްތައް އާންމުންނަށް ލިބެނީ ފޯމު ފުރައިގެން ލިޔެކިޔުމުންނެވެ. ނަމަވެސް، އާ ޕޯޓަލްގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް އާންމުންނަށް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރު މި ޕޯޓަލާއެކު ކުންފުނީގެ ހަރަދު ކުޑަވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.