"ޝަރިއާ ސްކޮލާސް ޑައިލޮގް" ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޯރަމެއް ބާއްވައިފިއެވެ.
އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގުސަދުގައި ވޭއްވި ފޯރަމެއް ކަމަށެވެ.
މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލާއި ކުރަން ބޭނުންވާ ސުވާލުތައްކޮށް ދާއިރާއާ ގުޅޭ ކަންކަމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އެ އޮތޯރިޓީން ބުނީ މި ފޯރަމްގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވި ކަމަށެވެ. އަދި މި ފޯރަމްގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
MMA conducts a Scholars Dialogue on Islamic finance industry. This event brought together members of the Shariah Council of MMA and the industry stakeholders to discuss key issues facing the industry. pic.twitter.com/KDU0Hll7aB
— MMA (@MMA_Maldives) December 19, 2022
މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެ އިދާރާގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިން ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާއި ވާދަ ކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ. އަދި މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ޕޮޒިޓިވް ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!