16 ވަނަ ފީނާ ސްވިމިންގ ޗެމްޕިއަންޝިޕްގައި މުބާލް އައްޒާމް އިބްރާޙިމް، އިތުރު ރެކޯޑެއް އައު ކޮށްފި އެވެ.

އޭނާ އައު ކޮށްފައިވަނީ ފިރިހެނުންގެ (ޝޯރޓްކޯސް) 400 މީޓަރ މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑެވެ. އެ ރެކޯޑު އޭނާ އައު ކޮށްފައިވަނީ 05.00.64 އިން އިވެންޓް ނިންމައިގެން ނެވެ.

Ad
rt

މިއީ މި މުބާރާތުގައި އޭނާ އައު ކުރި ދެވަނަ ރެކޯޑެވެ. އެގޮތުން މުބާލް ވަނީ 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭގެ އިވެންޓްގެ ގައުމީ ރެކޯރޑް އައުކުރި ޓީމުގައިވެސް ހިމެނިފަ އެވެ. މިރެކޯރޑް މުބާލް އައުކޮށްފައިވަނީ 02.19.77 އިން އިވެންޓް ފުރިހަމަކޮށްގެން ނެވެ.

މިރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ އާއިޝަތު ސައުސަން، ހަމްނާ އަޙްމަދު، މުޙައްމަދު ރިހާން ޝިހާމް އަދި މުބާލް އައްޒާމް އިބްރާޙީމެވެ.

މިއިވެންޓުގެ ގައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް މުބާލެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 02.26.27 އިން އިވެންޓް ފުރިހަމަކޮށްގެން ނެވެ.

ޝޯރޓްކޯސް، ފިރިހެނުންގެ 400 މީޓަރ މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2021 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިންގ ވޯރލްޑް ކަޕްގެ 4 ވަނަ ލެގްގައި ޢަލީ އިމްޢާން އެވެ. އެއީ 05.06.64 އިން އިވެންޓް ފުރިހަމަކޮށްގެން ނެވެ.