ޕިކްނިލް އައިލެންޑްގެ ވަޒީފާތަކަށް މީހުން ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީގެ މި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެޗްޑީސީ އޮފީސްގައި ކަމަށެވެ.

Ad
rt

އެޗްޑީސީން ވަނީ ބޮޑެތި މުސާރައާއެކު 17 ދާއިރާއަކުން ވަޒީފާ އިއުލާންކޮށްފައެވެ.

ޕިކްނިކް އައިލެންޑުގެ ވަޒީފާތައް:

* އެކައުންޓެންޓް: 23،500 ރުފިޔާ
* އެސިސްޓެންޓް އެކައުންޓްސް އޮފިސަރު: 13،000 ރުފިޔާ
* ޕާޗޭސިން އެންޑް ސްޓޯ ކޯޑިނޭޓަރު: 14،500 ރުފިޔާ
* އެޗްއާރް އެންޑް ޓްރެއިނިން ކޯޑިނޭޓަރު: 14،500 ރުފިޔާ
* ލޭންޑްސްކޭޕިން ކޯޑިނޭޓަރު: 14،500 ރުފިޔާ
* މޮނިޓަރިން އެންޑް ސެކިއެރިޓީ ސުޕަވައިޒަރު: 17،000 ރުފިޔާ
* ސެކިއުރެޓީ އެސިސްޓެންޓް: 8،500 ރުފިޔާ
* ކްލީނާސް: 8،500 ރުފިޔާ
* އިމާމް: 12،500 ރުފިޔާ
* އެކްޒެކެޓިވް ސެކްރެޓަރީ: 14،500 ރުފިޔާ
* ރޫމް އެޓެންޑެންޓް: 10،500 ރުފިޔާ
* ސޭލްސް އެންޑް ރިޒަވޭޝަން ކޯޑިނޭޓަރު: 14،500 ރުފިޔާ
* ރިސެޕްޝަނިސްޓް: 13،000 ރުފިޔާ
* ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒަރު: 17،000 ރުފިޔާ
* ރެކްރިއޭޝަން އެޓެންޑެންޓް: 10،500 ރުފިޔާ
* ޓެންޓް މެނޭޖްމެންޓް ކޯޑިނޭޓަރު: 14،500 ރުފިޔާ
* މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓަރު: 14،500 ރުފިޔާ

މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ޕިކްނިކް އައިލެންޑް ތަރައްގީ ކުރަމުންދަނީ ކުޑަގިރީގައެވެ. އެ ރަށް ހުޅުވުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ.

ކުޑަގިރި އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީއިން ވަނީ މިމަހުގެ ދެވަނަ ދުވަހު އިއުލާންކޮށްފައެވެ. އެގޮތުން މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ހޯދަނީ ހަތަރު ފެރީ ދޯންޏެވެ. އެއީ 50 އާއި 70 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީގެ އިތުރުން 80 އާއި 100 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީއެވެ.