ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 213 މީޓަރު ނެރު ބްރޭކް ވޯޓަ ޖެހުމާއި، 360 މީޓަރުގެ ސޭންޑްފިލް ބްރޭކް ވޯޓަ ޖެހުމާއި، 10 މީޓަރުގެ ސަމްބާޖް ބްރޭކް ވޯޓަ ޖެހުމާއި، 93 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރުގެ ގްރޮއިން ޖެހުމާއި، 311 މީޓަރުގެ އެއްގަމު ތޮށި އަދި ސްކޯރިން އެޕްރޮން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 3 ކޮންކްރީޓް ބްރިޖް ހެދުމާއި، މޫރިން ބޮއި ހަރުކުރުމާއި، 121 އަކަމީޓަރުގެ ރޭމްޕެއް ހެދުމާއި، އެކްސެސް ޕްލެޓްފޯމެއް އެޅުމާއި، ނެވިގޭޝަން ލައިޓް ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމާއި 3789 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިއީ 79.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.