އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށެވެ. އެގޮތުން، ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

Ad
rt

މި މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިން ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހޭނެއެވެ.

މި މުބާރާތުގައި ތިން ވަނައެއް ހޮވާއިރު އެ ފަރާތްތަކަށް ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނައަށްދާ ފަރާތަކަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް ލިބޭއިރު ދެވަނަ އަށްް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އާއި ތިން ވަނަ އަށްް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާއެއް ލިބޭނެއެވެ.

އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.