06 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނައަހަރުގެ ފެބްރުއަރީ 9 ގައި ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ސުކޫލްތަކުން މި ހިނގާ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރީން އެ އެސޯސިއޭޝަނަށް ސިޓީފޮނުއްވުމަށް ވަނީ އެދިފަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ޖެނުއަރީ 10 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން އެ އެސޯސިއޭޝަނަށް ފޮނުވުމަށް ވެސް އެދިފައި ވެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމްލިސްޓް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖެނުއަރީ 25 ވާ ބުދަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ވިދާޅުވީ މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 އަހަރާއި 17 އަހަރުންދަށުގެ އުމުރުފުރާއިން އަންހެން އަދި ފިރިހެން ކެޓަގަރީއަށް ކަމަށެވެ.
މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ 9879555 އާއި ގުޅުއްވުމަށް ވަނީ އެދިލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!