އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ގަދަ އެއް ފެއާ ކަމަށްވާ "ބިގް 5" ގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.

އެސްޓީއޯއިން މި ފެއާގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެ ކުންފުނީގެ ކޮންސްޓްރަކްޝަންސް ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެއްޔާއި، ދަގަނޑާއި، ދަގަނޑު ހޮޅި އާއި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިން ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލާނެއެވެ.

މި ފެއާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައެވެ.

މި ފެއާގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއާގައި ބައިވެރިވެއެވެ.